އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ އުމުރުފުޅުން 84 އަހަރުގައި އަވަހާރަވެއްޖެއެވެ.
މުކަރްޖީ އަވަހާރަވިކަން އިއުލާން ކުރެއްވީ އޭނާގެ ދަރިކަލުން އަބީޖީތް މުކަރްޖީ ކުރެއްވި ޓުވީޓެއްގައެވެ.
ސިޔާސީ ބޭފުޅުންގެ ތެރެއިން އިންޑިއާގައި އެންމެ އިހުތިރާމު ލިބިވަޑައިގެންފައިވާ މުކަރްޖީ އަވަހާރަވި އިރު، މިމަހުގެ ކުރީކޮޅު އޭނާ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެކަން އެނގުނީ ސިކުނޑީގެ އޮޕަރޭޝަނަކަށް ނިއު ދެއްލީގައި ހުންނަ އާމީސް ރިސާޗް އެންޑް ރެފެރަލް ހޮސްޕިޓަލުގައި އެޑްމިޓް ކުރެއްވުމަށްފަހު ހެދި ޓެސްޓަކުންނެވެ.
އެ އޮޕަރޭޝަނަށްފަހު މުކަރްޖީގެ ހާލުކޮޅު ސީރިއަސްވެ، ފަރުވާ ދެއްވަމުން ގެންދެވީ ވެންޓިލޭޓަރުގައެވެ. ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން ފުންޕާމޭގައި އިންފެކްޝަން އުފެދުމުން ސެޕްޓިކް ޝޮކެއް ޖެހިވަޑައިގެން އޭނާގެ ސިއްހީ ހާލުކޮޅު ދަށްވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
މުކަރްޖީ އިންޑިއާގެ ރައީސްކަން ކުރެއްވީ 2012 އިން 2017 އަށެވެ. އަދި އޭގެ ކުރިން ފިނޭންސް މިނިސްޓަރުކަމާއި ޑިފެންސް މިނިސްޓަރު ކަން އަދި ހާރިޖީ ވަޒީރުކަން ކުރައްވާފައިވެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު