މއ. ގޮމަށިގެއިން ބެރިއެއްގެ ބައެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ، މިއަދު 10:40 ހާއިރު ހިނގި އެ ހާދިސާގައި އަނިޔާވި މީހާ ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން، ކަމާއި ގުޅުން ހުރި އިދާރާތަކާއި ގުޅިގެން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ދިރިއުޅޭ މީހަކު "ވަން" އަށް ކިޔައިދިން ގޮތުން ބެރިއެއްގެ ބައެއް ވެޓުނީ ގޮމަށިގޭގެ ދެވަނަ ބުރީގެ މަތީގައި އިންނަ ޝީޓުންނެވެ. އަދި ވެއްޓުނު ގާގަނޑުގައި ގާތްގަނޑަކަށް 15 ވަރަކަށް އިންޗި ހުންނާނެ ކަމަށާއި އޭތި ވެއްޓުނީ އެވަގުތު އެސަރަހައްދުން ހިނގާފައި ދިޔަ މީހެއްގެ ބޮލަށް ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ، މީހުން ދިރިއުޅޭ ގޮމަށިގޭ ވަށައިގެން ޓިނު ޖަހާފައި ހުންނަތާ ދެތިން އަހަރު ވެދާނެ އެވެ. އަދި މީގެ ކުރިން ވެސް އެކި ފަހަރު މަތިން އެގެއިން ބެރިތަކުގެ ބައިތައް ވެއްޓިފައިވާ ކަމަށް އޭނާ ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު