ހ. މެރިން ޑްރީމް ބިލްޑިންގައި ހުރި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އޭޓީއެމް ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.
ބީއެމްއެލް އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ހެންވޭރު އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުރި މި އޭޓީއެމް ވަގުތީ ގޮތުން ބަންދުކޮށްފައިވަނީ ރޭ އެ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެންނެވެ.
ހެންވޭރުގައި ރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި އޭޓީއެމް ވަގުތީ ގޮތުން ބަންދު ކުރި އިރު، އެ އޭޓީއެމް ދެން ހުޅުވާނެ ވަކި ތާރީހެއް ބީއެމްއެލް އިން އާންމެއް ނުކުރެއެވެ. ނަމަވެސް އެކަން ކަސްޓަމަރުންނަށް އަންގާނެ ކަމަށާއި، މިވަގުތަށް ބީއެމްއެލްގެ އެހެން ހުރިހާ އޭޓީއެމްތަކުން ހިދުމަތް ހޯދޭނެ ކަމަށް ބީއެމްއެލް އިން ބުނެފައި ވެއެވެ.
ރޭ ގާތްގަނޑަކަށް 9:30 އެހާކަންހާއިރު ފުރަތަމަ އަލިފާން ރޯވީ އެސްބީއައި ބޭންކާ ޖެހިގެން ހުންނަ ޓިއޮލޯ ކެފޭގަ އެވެ. އަލިފާނުގެ ހާދިސާގައި ދެ ބުރިއަށް ހުންނަ އެ ކެފޭ އެއްކޮށް އަނދައި ހުލިވެފައިވާއިރު އެސްބީއައި ބޭންކު ހުންނަ އިމާރާތަށް ވެސް އަލިފާނުގެ އަސަރުކޮށް، ބައެއް ގެއްލުންތައް ލިބިފައިވެ އެވެ.
އެތަނުގައި ރޯވި އަލިފާންގަނޑު ފެތުރުން ކޮންޓްރޯލް ކުރެވުނީ ރޭ 11:30 އެހާކަންހާއިރު އެވެ. އަލިފާން ނިއްވުމުގައި ސިފައިންގެ ފަޔާ އެންޑް ރެސްކިއުގެ އިތުރުން ވެލާނާ އެއާޕޯޓްގެ ފަޔާ ފައިޓަރުންނާއި ފަޔާ ލޮރީ ހަރަކާތްތެރިވި އެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް