ސިއްހީ ހާލުކޮޅު ތަންނުދޭތީ މަގާމުން އިސްތިއުފާ ދެއްވަން ޖަޕާނުގެ ބޮޑުވަޒީރު ނިންމަވައިފިއެވެ.
ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އިސްތިއުފާ ދެއްވާނެ ހަބަރު މިއަދުގެ ވަގުތެއްގައި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޖަޕާނު ސަރުކާރު ހިންގާ މައިޕާޓީގެ އޮފިޝަލަކާ ހަވާލާދީ އެގައުމުގެ މީޑިއާއިން ވަނީ ހޮސްޕިޓަލުގައި ދެފަހަރެއްގެ މަތިން ބޮޑުވަޒީރު ފަރުވާ ހޯއްދަވާފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އޮފިޝަލު ވަނީ ބޮޑު ވަޒީރުގެ ހާލުކޮޅު ރަނގަޅު ކަމަށް ވިދާޅުވެފަ އެވެ.
65 އަހަރުގެ ޝިންޒޯ އަބޭ އަކީ ޖަޕާނުގެ ބޮޑުވަޒީރު ކަމުގައި މިހާތަނަށް އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ލީޑަރެވެ. ބޮޑުވަޒީރު ކަމުގައި މިހާރު ގުނަމުން ގެންދަވަނީ އަށްވަނަ އަހަރެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ