ބޭރުގެ ޓްރާންސްފާ ޕްލެޓްފޯމްތަކުން ލިބޭ ފައިސާ ޑޮލަރު އެކައުންޓުތަކަށް ޖަމާކޮށްދޭ އުސޫލަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބަދަލު ގެނެސްފިއެވެ.
ބީއެމްއެލުން މައުލޫމާތު ދޭ ގޮތުގައި މި ބަދަލު ގެނެސްފައިވަނީ މިއަދުން ފެށިގެންނެވެ.
އެއާއެކު މިއަދުން ފެށިގެން "ވިސާ ޑައިރެކްޓް!" އަދި "މާސްޓާކާޑް ސެންޑް" ފަދަ ޕްލެޓްފޯމުތައް މެދުވެރިކޮށް އަންނަ ފައިސާ ޔޫއެސް ޑޮލަރު އެކައުންޓުތަކަށް ޖަމާކޮށްދިނުން ހުއްޓާލާފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލުން މައުލޫމާތު ދިން ގޮތުގައި މި ބަދަލާއެކު ރާއްޖޭން ބޭރުގެ ޑިޖިޓަލް ވޮލެޓް އަދި އެކަކު އަނެކަކަށް (P2P)، މި ޕްލެޓްފޯމުތަކުން ފައިސާ ޖަމާކުރެވޭނީ ހަމައެކަނި ދިވެހި ރުފިޔާ އެކައުންޓުތަކަށެވެ.
ވިސާ ޑައިރެކްޓް ފަދަ ޕްލެޓްފޯމްތަކަކީ އާންމުކޮށް ވަކިވަކި ފަރުދުން އޮންލައިން ޓްރޭޑިން އާއި ބޭރުގެ ޑިޖިޓަލް ވޮލެޓްތަކުން ޑޮލަރު އެކައުންޓްތަކަށް ފައިސާ ޖަމާކުރުމަށާއި ފައިސާ ނެގުމަށް ބޭނުންކުރާ ވަސީލަތެއް ކަމަށް ބީއެމްއެލުން މައުލޫމާތުދެއެވެ. އަދި މިހާރެކޭ އެއްގޮތަށް ކުރިއަށް އޮތްތާނގައިވެސް އެކައުންޓަށް ޖަމާވާ ފައިސާ ނެގުމުގެ ފުރުސަތު ލިބޭނެ ކަމަށާއި ނަމަވެސް މިގޮތަށް ފައިސާ ނެގޭނީ ހަމައެކަނި ދިވެހި ރުފިޔާ އެކައުންޓުން ކަމަށް އެ ބޭންކުން ބުނެއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި