ސްޕޯޓްސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ބިންތައް އަމިއްލަ ކްލަބް ޖަމިއްޔާތަކާއި ކުޅިވަރު އެސޯސިއޭޝަންތަކަށް ދޫކޮށްގެން ތަރައްގީކުރަން އިކޮނޮމިކް ކައުންސިލަށް ހުށަހަޅުއްވާފައިވާ ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަހުލޫފު މިހެން ވިދާޅުވީ، އެ މިނިސްޓްރީގެ ދަށުގައި ހުރި ބިންތައް ދޫކޮށްފައިވާ ފަރާތްތަކާ ބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު މަހުލޫފު ވިދާޅުވީ، އެ މިނިސްޓްރީގެ ދަށުގައި ހުރި ބައެއް ބިންތައް މިހާރުވެސް ހުރި ބައެއް ފަރާތަތަށް ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކުރީގެ ސަރުކާރުތަކުން ހައުސިން މިނިސްޓްރީއާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ދޫކޮށްފައިވާ ތަންތަން ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އިކޮނޮމިކް ކައުންސިލުން ލަފާ ލިބުނުހާ އަވަހަކަށް އެތަންތަން ތަރައްގީކުރާން ބޭނުންވާ ފަރާތްތަކަށް ފުރުސަަތު ހުޅުވައިލައްވާނެ ކަމަށެވެ. އެގޮތުން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް އެތަންތަން ހަވާލު ކުރެއްވުމަށް ވިސްނަވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަހުމަދު މަޙުލޫފް
މިނިސްޓަރު އަހުމަދު މަޙުލޫފް
މިނިސްޓަރު އަހުމަދު މަޙުލޫފް