މޯލްޑިވިން އައިޑޮލް އިން ވިދާލި ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމާއި ޝިފާ އިބްރާހިމް ކައިވެނިކޮށްފިއެވެ.
އުމުރުން 33 އަހަރުގެ ޝަލަބީ ކައިވެނި ކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދު އަށް އުފަން އުމުރުން 21 އަހަރުގެ ޝިފާއާ އެވެ. ޝަލަބީ އާއި ޝިފާ ކައިވެނި ކުރީ ފެމިލީ ކޯޓުން އިއްޔެ ހެނދުނު ކުރިއަށް ގެންދިޔަ ޒޫމް ވީޑިއޯ ކޮންފަރެންސް ކޯލެއް މެދުވެރިކޮށެވެ. އެ ދެ މީހުންގެ ކައިވެނީގެ ރަނަކީ 1،234.56ރ.އެވެ.
ޝަލަބީ އަދި ޝިފާގެ ކައިވެނީގެ ހަފުލާ ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ދިވެހިވަންތަ ސާދާ ގޮތަކަށެވެ. އެދެމީހުންގެ ރަން ވެސް ފަރުމާ ކޮށްފައި ހުރީ ވަރަށް ދިވެހިވަންތަ ކޮށެވެ. ކައިވެނީގެ ހަފުލާގައި ބައިވެރި ވީ، އާއިލާގެ މީހުންނާއި މަދު ރަހުމަތްތެރިންކޮޅެކެވެ.
ޝަލަބީއަކީ މޯލްޑިވިއަން އައިޑޮލް މެދުވެރިކޮށް ދިވެހިންގެ ތެރޭގައި އެންމެ މަޝްހޫރުވި އެއް ފަންނާނެވެ. އޭނާއަކީ މިހާރު ފިލްމުތަކަށް ވެސް ލަވައިކިޔައިދޭ، އަދި އަމިއްލަ އަށް ވެސް ލަވަ އާއި މަދަހަ ނެރޭ ފަންނާނެކެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން