ހައި ކޯޓަށް ދެ ފަނޑިޔާރަކު ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފިއެވެ.
ޖޭއެސްސީން އިއްޔެ ނެރުނު އިއުލާނެއްގައި ވަނީ އެކަށީގެންވާ ވަރަށް މީހުން ކުރިމަތިލާފައި ނުވާތީ، ކުރިން ކުރި އިއުލާން ބާތިލުކުރުމަށްފަހު، ދެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު އަލުން ހުޅުވާލާފައިވާ ކަމަށެވެ. އެހެން ކަމުން ކުރިން އެ މަގާމަށް ކުރިމަތިލި ފަރާތްތަކުން އެޕްލިކޭޝަން ފޯމު ފިޔަވައި އިތުރުން އެހެން އެއްވެސް ލިޔެކިއުމެއް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.
ޖޭއެސްސީން އެދިފައި ވަނީ، އެ މަގާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުން އަންނަ މަހު އަށް ވަނަ ދުވަހު، މެންދުރުފަހު 2:00ގެ ކުރިން، އެޕްލިކޭޝަން ފޯމު ހުށަހެޅުމަށެވެ. އަދި ކަމާ ގުޅުންހުރި ލިޔެކިޔުންތައް ކޮމިޝަންގެ ރަސްމީ އީމެއިލް ([email protected])އަށް ފޮނުވަމަށް ޖޭއެސްސީން ވަނީ އެދިފައެވެ.
ހައިކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމަށް މީހުން ހޯދަން އިއުލާންކޮށްފައި މިވަނީ އެ ކޯޓުގެ އިސް ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި ޝުޖާއު އުސްމާނާއި ފަނޑިޔާރު ހަސަން އަލީގެ ސުލޫކީ މައްސަލައެއް ސާބިތު ވެ، އެ ދެމީހުން މަގާމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައި ވަނިކޮށް އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ހަސަން އަލީ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން މީގެ ކުރިންވެސް ޖޭއެސްސީން ފަނޑިޔާރަކު ހޯދުމަށް އިއުލާން ކުރިއެވެ.
ހައި ކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް އިއުލާންކޮށްފައިވާއިރު، ކުރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދުމަށްވެސް ޖޭއެސްސީން ވަނި އިއުލާންކޮށްފައެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން