ހުޅުމާލޭގައި ރޭ ހިނގި މާރާމާރީއާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުޅުމާލޭގައި ރޭ ހިނގި މާރާމާރީއާ ގުޅިގެން 25 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ހައްޔަރު ކޮށްފައިވަނީ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ހުޅުމާލޭގައި ރޭ މާރާމާރީއެއް ހިންގާފައިވަނީ 22:30 ހާއިރުއެވެ. މި މާރާމާރީ ހިންގާފައިވަނީ ހުޅުމާލެ ފްލެޓެއްގައެވެ. އަދި މި މާރާމާރީގައި ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިހާރު މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މާރާމާރީ
މާރާމާރީ
މާރާމާރީ
މާރާމާރީ