މާފަންނު ރެސްޓޯރެންޓެއްގައި އަންހެނަކު ފިރިހެނަކަށް ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.

ފުލުހުން މިއަދު ބުނީ، މާފަންނުގައި ހުންނަ ރެސްޓޯރެންޓެއްގައި މާރާމާރީއެއް ހިންގާކަމުގެ މައުލޫމާތު ރޭ 11:00 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅޭގޮތުން މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ރެސްޓޯރެންޓް ތެރޭގައި ހިނގި ހަމަނުޖެމެއްގައި ރެސްޓޯރަންޓުގައި އިން އަންހެނަކަށް ފިރިހެނަކު ހަމަލާދީފައިވާ ކަމަށެވެ. މީގެ އިތުރުން، މި ހަމަނުޖެހުން ހުއްޓުވަން މަސައްކަތް ކުރި ބަޔަކަށް ވެސް ހަމަލާދީ، ރެސްޓޯރެންޓްގެ ދޮރަށް ގެއްލުންދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މާރާމާރީގައި، އެތަނުގެ އަންހެން މުވައްޒަފެއްގެ ބޮލަށް ހަމަލާދިނުމުގެ ސަބަބުން ބޯ ދުޅަވެ އަނިޔާވެފައިވާ ކަމަށެވެ.

މި މައްސަލަައިގެ ތުހުމަތުގައި އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.