ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމަށް ކުރިމަތިލެއްވި 41 ބޭފުޅެއްގެ ނަން ދިރާސާ ކުރުމަށް ފަހު އޭގެ ތެރެއިން 15 ބޭފުޅުންނަކީ އެކަމަށް ގާބިލު ބޭފުޅުން ކަމަށް ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެބޭފުޅުންގެ ނަތްތައް ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވައިފިއެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ސީއެސްސީގައި މިހާރު އިންނަވަނީ އެންމެ މެންބަރެކެވެ. އެއީ ރައްޔިތުންގެ މަޖިލީހުން ވަކިކުރުމުގެ މަސައްކަތް ނުކުރައްވާ ހަމައެކަނި މެންބަރު، ފާތިމަތު އާމިރާއެވެ.
އާމިރާ ފިޔަވައި ކޮމިޝަނުގައި ދެން ތިއްބެވި ހަތަރު މެންބަރަކު ވަކިކުރުމަށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވައި ވޯޓަށް އަހަން ގާތްވެފައި ވަނިކޮށް، ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދުގެ އިތުރުން މެމްބަރު ޒަކަރިއްޔާ ހުސައިން ވަނީ އިސްތިއުފާދެއްވައިފައެވެ. އިސްތިއުފާ ނުދެއްވި މެންބަރު އިބްރާހިމް ޝަހީގު މަޖިލީހުން ވޯޓު ނަގައި މަގާމުން ވަކިކުރިއެވެ.
އެއަށްފަހު ކޮމިޝަނަށް ހަތަރު މެންބަރުން އައްޔަން ކުރުމަށް، މެންބަރުކަމަށް ހުޅުވައިލި ފުރުސަތުގައި 41 ބޭފުޅަކު މެންބަރު ކަމަށް ކުރިމަތިލެއްވިއެވެ. އެ 41 ބޭފުޅުންގެ ނަން ދިރާސާކުރުމަށް މަޖިލީހުން ކޮމިޓީއަށް ފޮނުވީއެވެ.
ދެން ސީއެސްސީއަށް އައްޔަންކުރާ ހަތަރު މެންބަރުން ކަނޑައަޅާނީ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި 15 މެންބަރުންގެ ތެރެއިން މަޖިލިސް ތަޅުމުގައި ވޯޓަށް އަހައިގެންނެވެ. އެގޮތުގެ މަތިން މަޖިލީހުން ރުހުންދޭ ހަތަރު ބޭފުލެއްގެ ނަން އެ މަގާމަށް އައްޔަންކުރަން ރައީސަށް ފޮނުވާނެއެވެ.
- ރަޝީދާ އަލީ، ގ. ޖަނަވަރީމާގެ
- ޝުހުދާ ރިލްވާން، ފްލާވަރމީޑް، ސ.މީދޫ
- މަރިޔަމް ޝެނީން، މއ. ފޮސީތިއާ
- ފާތުމަތު ޝަރީފް، މާކޯޅި، ގދ. ތިނަދޫ
- އަހުމަދު މޫސާ، ހ. އަމްސާވިލާ
- ފާތުމަތު ރިފާހަތު ރިފްއަތު، ގ.ވެގާ 2
- އަހުމަދު ނާސިހް، ގ. ފަލްކަންގެ
- އަޖްވަދު އަލީ، ގ. ބްލޫ ވޭލް
- މުހައްމަދު ފަރުޞަތު، ހ. ޓޫހާޓްސް
- އާއިޝަތު ޝާހީން، މއ. ވިލާރޯދި
- މުހައްމަދު ނަސީރު، މ.ފުންފިނި
- މަރިޔަމް މުނާ، މ. ބާރަނާގެ، ކ. މާލެ
- މުހައްމަދު ޝަރީފް، ފުސަތުޅާގެ، ގދ. ތިނަދޫ
- އިބްރާހިމް ރަޝީދު، ބްލެކް، ރ. މީދު
- މުނާ މުހައްމަދު، ހ. ނޫރާނީ ފެހި
ޚަބަރު
ޚަބަރު
ޚަބަރު