މާލޭގެ އިރުމަތި ފަރާތަށް އުދަ އަރައި ބައެއް މަގުތަކުގައި ފެން ބޮޑުވެއްޖެއެވެ.
މިއަދު އެންމެ ބޮޑަށް އުދަ އަރާފައިވަނީ ކިންގް ސަލްމާން މިސްކިތް ހުންނަ ސަރަހައްދާއި ކާނިވާ ސަރަހައްދަށެވެ. އަދި މަޖިދީ މަގަށް ވެސް ވަރަށް ބޮޑަށް ވަނީ އުދަ އަރައިފައެވެ. އެގޮތުން ހެންވޭރު ދަނޑާ ހަމައަށް ލޮނުގަނޑު އެރިއެވެ.
މޫސުމާ ބެހޭ މައި އިދާރާއިން ބުނީ، މާލެ ސަރަހައްދަށް ދިޔަވަރު އެންމެ ބޮޑުވެފައިވަނީ މިއަދު މެންދުރުފަހު 2:12 ގައި ކަމަށެވެ. މާލެއަށް އުދަ އަރާފައިވަނީ 2:00 އާއި 3:00 އާ ދެމެދުއެވެ.
މެޓް އޮފީހުން ބުނީ މިއަދު ރާޅުގެ އުސްމިން އެއް ފޫޓާއި ތިން ފޫޓާ ދެމެދުގައި ހުންނާނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަަށް އުދަ އެރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.
މިދިޔަ ހުކުރު ދުވަހުވެސް ވަނީ މާލެއަށް ވަރަށް ބޮޑަށް އުދަ އަރައިފައެވެ. ނަމަވެސް މިއީ މި ފަހުން މާލެއަށް އެހާ ބޮޑަށް އުދައެރި ފުރަތަމަ ދުވަހެވެ.
މާލެއަށް އުދަ އަރާތީވެ، މާލޭ ސިޓީ ކައުންސިލުގެ މުވައްޒަފުން އަންނަނީ ބައެއް ސަރަހައްދުތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު