ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމުތަކަށް އައްޔަންކުރައްވާ ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
އެޗްއާރުސީއެމްގެ ހުސްވެފައިވާ މެންބަރުންގެ މަގާމުތަކަށް ބޭފުޅުން އައްޔަންކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ނަންތައް ހުށަހަޅުއްވާފައިވަނީ އެ ކޮމިޝަނުގެ ތިން މެންބަރުން އިސްތިއުފާ ދެއްވާފައިވާތީ އާއި އަދި އެ ބޯޑުގެ މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު އަންނަ މަހުގެ 12ގައި ހަމަވާތީ އެ މަގާމުތަކަށް މެންބަރުން އައްޔަންކުރެއްވުމަށްޓަކައެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަގާމުން އެ ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު ޒާހިދު ވަކިކުރުމަށް މިދިޔަ މަހުގެ 22 ވަނަ ދުވަހު މަޖިލީހުން ވަނީ ނިންމައިފައެވެ. އަދި އޭގެ ކުރިން އެ ކޮމިޝަންގެ ރައީސް އައިމިނަތު އިނާސް އާއި މެމްބަރު މޫސާ އަލީ ކަލޭފާނާއި އައިޝަތު އަފްރީން މުހައްމަދު ވަނީ އިސްތިއުފާދެއްވައިފައެވެ. އެ ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވީ މަގާމުން ވަކިކުރަން މަޖިލީހުން ނިންމުމާ ގުޅިގެންނެވެ.
އެޗްއާރުސީއެމްގައި މިހާރު އިންނެވީ މެމްބަރު ނައިވީން އަބުދުﷲ އެކަންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު