ތ. ވިލުފުށީގައި ހޯމް ކަރަންޓީނުގައި ހުރި ދެ އަހަރުގެ އަންހެން ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ވިލުފުށި ކައުންސިލުން ބުނީ އެރަށު ހޯމް ކަރަންޓީންގައި ހުރި ދެ އަހަރުގެ އަންހެން ކުއްޖަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެކުއްޖާގެ ޓެސްޓު ހަދާފައިވަނީ ހޯމް ކަރަންޓީންގެ މުއްދަތު ހަމަވެ، މީގެ ތިން ދުވަސް ކުރިން ކަމަށެވެ. އެކުއްޖާގެ ހާލު ރަނގަޅު ކަމަށްވެސް ކައުންސިލުން ބުންޏެވެ.
މި ފަހަކަށް އައިސް، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަަދަދު ދަނީ އިތުރުވަމުންނެވެ. އަދި ހޯމް ކަރަންޓީންގައި ތިބޭ މީހުން ބައްޔަށް ޕޮޒިޓިވްވާ މިންވަރުވެސް ވަނީ ކުރިއާ އަޅާބަލާއިރު އިތުރުވެފައެވެ.
އެގޮތުން އިއްޔެވެސް ވަނީ ތ. މަޑިފުށީގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި އާދިއްތަ ދުވަހު ވަނީ މާލެއިން އައްޑޫ ސިޓީ ހިތަދުއަށް ގޮސް ހޯމް ކަރަންޓީންގައި ހުރި މީހަކުވެސް ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ހަމަ އެދުވަހު ނ. މިލަދޫ، އދ. މާމިގިލި، ކ. ހިންމަފުށި، ފ. ނިލަންދޫ އަދި ރ. ހުޅުދުއްފާރުން ވެސް ޕޮޒިޓިވް ކޭސްތަކެއް ފެނިފައެވެ. އެ އެންމެންނަކީ ވެސް މާލެއިން ގޮސް ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު