ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާއި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދުގެ އިތުރުން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ތިއްބެވީ އައިސޮލޭޝަނުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ އެ ތިން ބޭފުޅުން ތިއްްބެވީ އައިސޮލޭޝަންގައި ކަމަށެވެ. ނަމަވެސް އެކަމާބެހޭ އިތުރު ތަފްސީލެއް މަޖިލިސް ރައީސް ވިދާޅެއް ނުވެއެވެ.
މަޖިލީހުގެ އަމީން އާއްމު އައިސޮލޭޝަންގައި ހުންނެވުމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އިދާރީ މޭޒުގެ ކަންތައްތައް ބައްލަވަމުން ގެންދެވީ އަމީން އާންމުގެ ނާއިބެވެ.
މީގެ ކުރިންވެސް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އައިސޮލޭޝަންގައި ތިއްބެވިއެވެ. ނަމަވެސް މިހާތަނަށް މަޖިލީހުގެ އެއްވެސް މެންބަރަކު ކޮވިޑަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ.
މެންބަރަކު ޕޮޒިޓިވް ވެފައި ނުވި ނަމަވެސް ރައްިތުންގެ މަޖިލީހުގެ ބައެއް މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވެ މަޖިލިސް އިދާރާ ތިން ފަހަރެއްގެ މަތިން ވަނީ ޑިސްއިންފެކްޓް ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު