ލުބުނާނުގައި ގޮވުމުގެ ހާދިސާގެ ސަބަބުން ލައްކައަކަށްވުރެ ގިނަ ކުޑަކުދިންނަށް ސީދާ އަސަރުކޮށްފައިވާ ކަމަށް ޔުނިސެފުން ބުނެފިއެވެ.
ޔުނިސެފުން މެދުއިރުމައްޗަށާއި އުތުރު އެމެރިކާއަށް ކަނޑައަޅާފައި ހުންނަ ރީޖަނަލް ޑިރެކްޓަރު ޓެޑް ޗައިބަން ވަނީ ގެއްލުން ލިބިފައިވާ ކުޑަކުދިންނަށް އެހީވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
ޗައިބަން ވިދާޅުވީ ގޮވުމުގެ ހާދިސާގައި 120 ސްކޫލަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެންމެ ބޮޑު އެއް މަސައްކަތެއް މިހާރު ކުރަމުން އަންނަނީ އެކުދިން އަނބުރާ ސްކޫލަށް ދެވޭނެ ގޮތް ހޯދުމަށް ކަމަށެވެ.
ބޭރޫތުގެ ޕޯޓު ސަރަހައްދުގައި ގޮވި ގޮވުމާއެކު ބޭރޫތުގެ ދެބައިކުޅަ އެއްބަޔަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާކަމަށް އެގައުމުން ވަނީ ބުނެފައެވެ. 177 މީހުން މަރުވި މިހާދިސާގައި 6000 މީހުންނަށް އެކިވަރުގެ އަނިޔާ ވެފައި ވެއެވެ.