ޕޯޗުގަލްގެ ބެންފީކާއާ ގުޅުމަށް އެކްލަބާ މަޝްވަރާކުރަމުން އަންނަ ކަމަށް އުރުގުއާއީ ފޯވަޑް އެޑިންސަން ކަވާނީ ބުނެފިއެވެ.
ސީޒަން ނިމުމާއެކު ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އާއެކު ކަވާނީ ހަދާފައިވާ އެއްބަސްވުން ވެސް ވަނީ ނިމުމަކަށް އައިސްފައެވެ. އޭނާ ހޯދުމަށް ޔޫރަޕްގެ ކްލަބުތަކުގެ އިތުރުން އެމެރިކާގެ ކްލަބުތަކުން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.
އުމުރުން 33 އަހަރުގެ ކަވާނީ ހޯދުމަށް ބެންފީކާގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓުވި ލީޑްސް ޔުނައިޓެޑުން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. ކަވާނީ ހޯދުމަށް މަސައްކަތްކުރާކަން ލީޑްސްގެ ވެރިޔާ އަންދްރޭ ރަޑްރިޒާނީ ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ބެންފީކާ އާއި ލީޑްސްގެ އިތުރުން ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާއި އާޖެންޓީނާ، ބްރެޒިލް އަދި އެމެރިކާގެ ކްލަބުތަކުން ވަނީ އަންނަނީ ކަވާނީ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ދެ އަހަރު ދުވަހުގެ މުއްދަތަކަށް ބެންފީކާއާ ގުޅުމަށް ކަވާނީ ނިންމާފައިވާކަން މިދިޔަ މަހު މީޑިއާ ރިޕޯޓުތައް ބުނެފައިވެއެވެ. އެ ރިޕޯޓުތަކާ ގުޅިގެން ބެންފީކާއިން ވަނީ އެކަން ދޮގުކޮށްފައެވެ. ނަމަވެސް އެކްލަބާ މަޝްވަރާކުރަމުން އަންނަ ކަމަށް ކަވާނީ ވަނީ ބުނެފައެވެ.
"ބެންފީކާ އަދި އެހެން ކްލަބުތަކާ ވެސް މި އަންނަނީ މަޝްވަރާކުރަމުން. އެކަމަކު އަދި ނިންމުމެއް ނިންމައިފައެއް ނުވާނެ. ހުރިހާ ކަމެއް ފައިނަލު ވީމާ، އެކްލަބަކަށް އެނގޭނެ،" ކަވާނީ ބުންޏެވެ.
ކަވާނީ ބުނީ ބެންފީކާއަކީ ވަރުގަދަ ޓީމެއް ކަމަށާއި އެކްލަބަކީ އުރުގުއާއީގެ ގިނަ ކުޅުންތެރިންތަކެއް ކުޅެފައިވާ ކްލަބެއް ކަމަށެވެ.
މިދިޔަ ޖޫން މަހު ޕީއެސްޖީއާ ވަކިވުމަށްފަހު، ގިނަ ދުވަސްތައް ކަވާނީ ހޭދަކޮށްފައިވަނީ އުރުގުއާއީގެ ސަލްޓޯގައެވެ. ނަމަވެސް ކަވާނީ އަންނަނީ އޭނާގެ ޕާސަނަލް ޓްރެނަރު ކްރިސްޓިއަން ގޮންޒާލޭޒްއާއެކު ފިޓްނަސް ދެމެހެއްޓުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
ކަވާނީ ވަނީ ޕީއެސްޖީގެ އިތުރުން އިޓަލީގެ ޕަލޭމޯ އަދި ނަޕޯލީއަށް ވެސް ކުޅެފައެވެ. ޕީއެސްޖީން އޭނާ ވަކިވެފައިމިވަނީ ހަތް އަހަރަށްފަހުއެވެ.
ޓްރާންސް ޓޯކްސް
ޓްރާންސް ޓޯކްސް
ޓްރާންސް ޓޯކްސް
ޓްރާންސް ޓޯކްސް