ސ. ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫއުގެ %90 މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި ސްޕޯޓްސް މިނިސްޓްރީން ހަވާލު ކުރި މި މަސައްކަތުގެ ދަށުން ގާ އެތުރުމާއި ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ކާނުގެ މަތިގަނޑު އެޅުމުގެ މަސައްކަތާއި ޕޭވްމަންޓް ގާ އެތުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސިން މައުލޫމާތު ދެއެވެ. މި މަޝްރޫއުގެ ތެރޭގައި 8103 ސްކެއާ މީޓަރުގެ ސަރަހައްދެއް ސާފުކޮށް ކޮނުމުގެ އިތުރުން، ފެން ހިންދާ ވަޅުގަނޑެއް ކޮނުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
ސްޕޯޓްސް މިނިސްޓްރީން އެމްޓީސީސީއާ މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 11 ސެޕްޓެމްބަރ 2019 ގައެވެ. އަދި މި މަޝްރޫއުއަކީ 2.49 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ