ޖަޕާނުގެ ސަރުކާރުން ރާއްޖެއަށް އޮއިލް ސްޕިލް ޕްރިވެންޝަން އިކުއިޕްމަންޓް ހަދިޔާކުރުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖަޕާނަށް ޝުކުރު އަދާކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ޖަޕާނުގެ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި ތަކެއްޗަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ތެޔޮ ލީކްވުމުގެ ހާދިސާއެއް ހިނގައިފި ހާލަތެއްގައި ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ބޭނުން ކުރެވޭނެ ތަކެއްޗެއެވެ.
އެގޮތުން ޖަޕާނުން ރާއްޖެއަށް 43.3 މިލިއަން ރުފިޔާގެ ތަކެތި ހަދިޔާ ކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. މިތަކެތި ޖަޕާން ސަރުކާރުގެ ފަރާތުން ދިވެހި ސަރުކާރާ ހަވާލުކުރައްވާފައިވަނީ މިއަދު ހެނދުނު ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
އެގޮތުން މި ތަކެތި ރާއްޖެއަށް ހަދިޔާ ކުރުމުގެ އެއްބަސްވުމުގެ އެކްސްޗޭންޖް އޮފް ނޯޓްސްގައި ރާއްޖެއިން ސޮއިކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި މިނިސްޓަރު ޝާހިދު ސޮއި ކުރެއްވި އިރު، ޖަޕާނު ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެއިރު ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ކަޒޫމީ އެންޑޯ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
މީގެ އިތުރުން މި އެއްބަސްވުމުގައި ސޮއި ކުރެއްވި ރަސްމިއްޔާތުގައި އެއިރު ރާއްޖެއަށް ވަޑައިގެން އުޅުއްވި ޖަޕާނުގެ ބޮޑުވަޒީރުގެ ހާއްސަ މުޝީރު ކެންޓާރޯ ސެނައޯރާ ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
މިކަމާ ގުޅިގެން މިނިސްޓަރު ޝާހިދު ވަނީ ޖަޕާނުން ވެދެއްވި އެހީތެރިކަމަށްޓަކައި އެގައުމުގެ ހާރިޖީ ވަޒީރަށް ޝުކުރު އަދާކުރައްވައިފައެވެ.
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު