ގެވެށި އަނިޔާގެ މައްސަލަތަކުގައި ގާނޫނުގެ ތެރެއިން އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ރ. އަލިފުށީގައި އަންހެނެއްގެ އަނގަޔަށް ލައްފިލުވާ އެޅި މައްސަލައިގައި އޭނާގެ ކުރީގެ ފިރިމީހާގެ މައްޗަށް ގަސްދުގައި މީހަކު މަރަން އުޅުނު ކަމުގެ ދައުވާ ޕީޖީގެ ފަރާތުން އުފުލާފައިވާއިރު، އެކަމަށް އިޝާރާތްކުރައްވައި ޕީޖީ ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގެވެށި އަނިޔާގެ މައްސަލަތަކުގައި ގާނޫނާއި ގަވައިދުގެ ތެރެއިން އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
"މިހާތަނަށްވެސް ވަނީ ގެވެށި އަނިޔާގެ މައްސަލަތަކާއި ގުޅިގެން ގަސްތުގައި މީހަކު މަރާލަން އުޅުނު ކަމުގެ ދައުވާ ތިން މީހަކަށް ކޮށްފައި" ޕީޖީ ވިދާޅުވިއެވެ.
މި ފަހަކަށް އައިސް ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކާއި އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވިދާޅުވީ އެފަދަ މައްސަލަތަކަށް ސަރުކާރުން ގެންގުޅޭނީ "ޒީރޯ ޓޮލަރެންސް" ސިޔާސަތު ކަމަށެވެ.
ހުސެއިން ޝަމީމް
ހުސެއިން ޝަމީމް