ސެމްސަން އާއި އުރީދޫ ގުޅިގެން، ސެމްސަންގެ ފަހުގެ ގެލެކްސީ ޒެޑް ފްލިޕް، ހާއްސަ އޮފާއަކާއެކު ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

ސެމްސަންގްގެ މި އީޖާދީ ފޯނަކީ ފުލް ސްކްރީން ފޯނެއް ކަމުގައިވިޔަސް، އެހެން ފޯނުތަކާ ހިލާފަށް ގެންގުޅެން ފަސޭހަ، ފަތްޖަހާލެވޭ ގޮތަށް އުފައްދާފައިވާ މޮޅު ފޯނެކެވެ. ޑުއަލް ބެޓެރީއާއެކު ފަރުމާ ކުރެވިފައިވާ މިފޯނުގެ ބެޓެރީ މުޅި ދުވަހަށް ހިފަހައްޓާއިރު ފޯލްޑަބަލް ފީޗާއެކު ފޮޓޯ ނަގާ މީހުންނަށް ވެސް ތަފާތު އޭންގަލްތަކުން ކޮލިޓީ ފޮޓޯ ނެގުމަށް ފަހި ކޮށްދެ އެވެ.

އުރީދޫން ބުނީ، ސެމްސަންގް ޒެޑް ފްލިޕް އެންމެ ފުރިހަމަ އަގުގައި އުރީދޫ އީ-ކޮމާސް ޕްލެޓްފޯމް "މޫލީ" މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް ގަނެވޭނެ ކަމަށެވެ. އަދި ގަންނަ ކޮންމެ ފޯނަކާއެކު އުރީދޫ ޕްރީޕެއިޑް، މިކްސް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މަހަކު 2020 އެމްބީ ހިލޭ ޑޭޓާ ވެސް މިއަހަރުގެ ނިޔަލަށް ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ.

ސެމްސަންގް ގެލެކްސީ ޒެޑް ފްލިޕްގެ މިރާ ޕާޕަލް ކުލައިގެ 256 ޖީބީގެ ފޯނެއް އުރީދޫން ވިއްކަނީ 22،699 ރުފިޔާ އަށެވެ.

ސެމްސަންގް ގެލެކްސީ ޒެޑް ފްލިޕް، އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް "މޫލީ" މެދުވެރިކޮށް ގަތުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ގެންގޮސްދޭނެ އެވެ.