ޖަލުގެ ތޭރިތަކުގެ ތެރޭގައި މުޖުތަމައުން ހަވާސާވެފައިވާ މީހުން ބާކީ ނުކޮށް މުޖުތަމައުއަށް ގަދަރުވެރިކަމާއެކު އެނބުރި ރުޖޫއަކުރުމަކީ އަދުގެ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހާސިލު ކުރަންޖެހޭނެ ލަނޑުދަނޑި ކަމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް 49 އަހަރު ފުރުމުގެ މުނާސަބަތުގައި ސީޕީ އަހުމަދުފުޅު ނެރުއްވި ހިތާބުގައި ވިދާޅުވީ ޖަލުތަކުގެ ހިންގުމުގެ ނިޒާމާއި ހުކުމް ތަންފީޒުކުރުމަށްޓަކައި ޖަލަށް ގެންދެވޭ މީހުންނަށް ހިންގާ ޕްރޮގްރާމްތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ޖަލުތަކުގެ ހަޔާތުން ފާއިތުވި މާޒީގައި ތަފާތު އެކި ގޮންޖެހުންތަކާއެކު ވެސް އެ މުއައްސަސާ އިސްލާހީ ހެޔޮބަދަލުތަކެއް ގިނަ ގޮތްގޮތުން ހޯދާފައިވާކަން ފާހަގަކުރެއްވި އެވެ.
"ވޭތުވެދިޔަ އަހަރުތަކުގެ ތަޖުރިބާ އަށާއި ފިލާވަޅުތަކުން އިބްރަތް ހާސިލުކޮށް ޖަލުގެ ތޭރިތަކުގެ ތެރޭ މުޖުތަމައުން ހަވާސާވެފައިވާ މީހުން ބާކީ ނުކޮށް މުޖުތަމައަށް ގަދަރުވެރިކަމާއެކު އެނބުރި ރުޖޫއަކުރުމަކީ އަދުގެ އެމްސީއެސްއިން ހާސިލުކުރަން ޖެހޭނެ ލަނޑުދަނޑި،" ސީޕީގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެކަން ހާސިލުކުރުމަށްޓަކައި ގުޅުން ހުރި ހުރިހާ ދާއިރާއެއްގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށާއި މިހާރު ވެސް އެ މަގުސަދު ހާސިލުކުރުމަށްޓަކައި އެ މުއައްސަސާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް