ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ހާން ދެވަނަ ދަރިޔަކަށް ބަލިވެ އިންކަމަށް އޭނާ ބުނެފިއެވެ.

ބޮލީވުޑްގެ ކުޅަދާނަ ބަތަލު ސައިފް އަލީ ހާންގެ އަންހެނުން ކަރީނާ ދެވަނަ ދަރިޔަކަށް ބަލިވެ އިންކަން އެ ދެމީހުން އިއުލާން ކޮށްފައިވާ ވާއިރު ކަރީނާ ބަނޑުބޮޑު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވެސް ވަނީ އަޑުތަކެއް ފެތުރިފައެވެ. ކަރީނާ އަދި ސައިފް އަށް ދެވަނަ ކުއްޖަކު ލިބެން އުޅޭ ކަމުގެ އުފާވެރި ހަބަރު އެމީހުންގެ ސަޕޯޓަރުންނަށް ދީފައި ވާއިރު މީގެ ދުވަސްކޮޅެއް ކުރިން ޗެޓް ޝޯއެއްގައި ކަރީނާ ވަނީ އެދެމަފިރިން ދެވަނަ ދަރިޔަކު ހޯދުމުގެ ވިސްނުން ގެންގުޅޭ ކަމަށްވެސް ބުނެފައެވެ.

ކަރީނާ އަދި ސައިފް އަށް ދެވަނަ ކުއްޖަކު ލިބެން އުޅޭ ވާހަކަ އިއުލާން ކުރުމުން އެމީހުންގެ އާއިލާ އަދި ސަޕޯޓަރުން އަންނަނީ އުފާ ފާޅުކުރަމުންނެވެ.

ކަރީނާ އޭނާގެ ފުރަތަމަ ދަރިފުޅު ކަމަށްވާ ޓައިމޫރު އަލީ ހާން އަށް ބަލިވެ އިން އިރުވެސް ވަނީ މީޑިއާގެ ބޮޑު ސަމާލުކަމެއް ހޯދައިފައެވެ. ވިހެއުމަށްފަހުވެސް ބޮޑު ބްރޭކެއް ނުނަގައި ފިލްމުތަކުގައި މަސައްކަތް ކުރި މަދު ތަރިންގެ ތެރޭގައި ކަރީނާ ހިމެނެއެވެ.