ސުޝާންތު ސިންގް ރާޖުޕުތު އަމިއްލަ އަށް މަރުވި ހާދިސާއާ ގުޅިގެން ތަހުގީގުކުރަމުން އަންނަ މަނީ ލޯންޑަރިންގެ މައްސަލައާ ގުޅިގެން ސުޝާންތުގެ ލޯބިވެރިޔާ އަދި މަޝްހޫރު ބަތަލާ ރިއާ ޗަކަރަބޮޓީގެ ދެ މޯބައިލް ފޯނު އެންފޯސްމެންޓް ޑިރެކްޓްރޭޓް އިން ހިފަހައްޓައިފިއެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިއްޔެ އީޑީގެ އޮފީހަށް ހާޒިރުކޮށް ރިއާއާ ދެވަނަ ފަހަރަށް ސުވާލު ކުރުމަށްފަހު އެ އޮފީހުން ވަނީ ރިއާ އާއި އޭނާގެ ބޭބެ ޝޯވިކް ޗަކަރަބޮޓީ އަދި ބައްޕަ އިންދްރަޖީތު ޗަކަރަބޮޓީގެ މޯބައިލް ފޯނާއި އައިޕެޑާއި ލެޕްޓޮޕް ހިފަހައްޓައިފައެވެ.
އެގޮތުން އެ އޮފީހުން ވަނީ 4 މޯބައިލް ފޯނު ހިފަހައްޓައިފައެވެ. އެއީ ރިއާގެ ދެ ފޯނާއި އޭނާގެ ބޭބެގެ ފޯނަކާއި ބައްޕަގެ ފޯނެކެވެ. މީގެއިތުރުން ރިއާގެ ބައްޕަ އިންދްރަޖީތުގެ ދެ އައިޕެޑްއާއި ލެޕްޓޮޕްވެސް ވަނީ އީޑީ އިން ހިފަހައްޓައިފައެވެ.
މިދިޔަ ޖޫން މަހުގެ 8 ވަނަ ދުވަހުން ފެށިގެން ރިއާ ވަރަށް ގިނައިން މަޝްހޫރު ޑައިރެކްޓަރު މެހޭޝް ބަޓް އާ ވާހަކަދައްކައިފައިވާކަން ތަހުގީގަށް ވަނީ ފާހަގަ ވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން