ދިވެހި ގައުމު ސޮވަރިން ޑީފޯލްޓަކަށް ދިޔަ ނުދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ކުރީގެ ފިނޭންސް މިނިސްޓަރުންނާއި މިހާރު ހުންނެވި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސަރުކާރުގެ ދަރަނި ރަނގަޅަށް ބަލަހައްޓަވަމުން ނުގެންދަވާނީ ދައުލަތުގެ ދަރަނި ސާފު ނުވާ ކަމަށް ވިދާޅުވެ، އެކަންކަން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަމު ނަޝީދު ހުށަހެޅުއްވި މައްސަލަ ބެލުމަށް މިއަދު ކުރިއަށްދިޔަ، މުޅި މަޖިލީހުގެ ކޮމިޓީގައި، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ދައުލަތް ސޮވެރިން ޑީފޯލްޓަކަށް ނުދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށް ވެސް މިިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އެހެން ވިދާޅުވީ، ޗައިނާގެ އެގްޒިން ބޭންކުން 10 މިލިޔަން ޑޮލަރުގެ ލޯނެއް ނެގުމަށް ސަންޓްރެވަން ސިޔާމުގެ، އަހުމަދު ސިޔާމް ޕްރައިވެޓް ލިމިޑެޓަށް ކުރީގެ ސަރުކާރުން ސޮވެރިން ގެރެންޓީ ދީފައިވާ މައްސަލައިގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އެ ކަމާބެހޭ ތަފްސީލް ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، މިދިޔަ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ދައްކަން އޮތް އިންޓްރެސްޓާއި ޕްރިންސިޕަލް ޕޭމެންޓް ނުދެއްކުނީ ކޮވިޑާ ގުޅިގެން ކުރިމަތިވި ހާލަތުގެ ސަބަބުން ކަމަށް އެ ކުންފުނިން އެންގި ކަމަށެވެ. އަދި އޭގެ އަނެއް ދުވަހު ޗައިނާ އެގްޒިމް ބޭންކުން އެ ފައިސާ ދެއްކުމަށް ދައުލަތަށް އަންގާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީގެ އެންގުމާ އެއްގޮތަށް އޭއެސްއެޗް އިން އެ ފައިސާ ފަސް ދުވަހުގެ ތެރޭގައި އެސްކްރޯ އެކައުންޓަށް ދައްކާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ސޮވެރިން ގެރެންޓީ ދީފައިވާ ޕްރޮޖެކްޓްތަކުގެ ސައިޓަށް ވަޑައިގެންނެވިންތޯ، މަޖިލިސް ރައީސް ކުރެއްވި ސުވާލަށް، މިނސިްތަރު އަމީރު ވިދާޅުވީ، އެތަނަށް ދާން ޕްލޭން ކުރެއްވި ނަމަވެސް ކޮވިޑާ ގުޅިގެން އެކަން ކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް، ސޮވެރިން ގެރެންޓީ ދީފައިވާ ކުންފުނިތަކުން ކޮންމެ ކުއާޓާއަކުން ފިނޭންސް މިނިސްޓްރީ އަށް މާލީ ރިޕޯޓް ހުށަހަޅަން ޖެހޭކަމަށް ވިދާޅުވިއެވެ.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު