ސުޝާންތު ސިންގު ރާޖުޕުތު އަމިއްލައަށް މަރުވުމާ ގުޅިގެން ވަރަށް ގިނަ ކަންކކަން ވަނީ ފެންމަތި ވެފައެވެ. ސުޝާންތުގެ މަރުގެ މައްސަލަ ސީބީއައި އިން މިހާރު ތަހުގީގު ކުރަމުން އަންނައިރު، އެކަމާ ގުޅިގެން ގިނަ ބަޔަކާ ވަނީ ސުވާލުކޮށް ބަޔާން ވެސް ނަގައިފައެވެ.
މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ސުޝާންތުގެ ބައްޕަ ކޭކޭ ސިންގު ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކަރަބޮޓީ މެދުވެރުކޮށް ދަރިފުޅު ސުޝާންތުއާ ގުޅޭތޯ މަސައްކަތް ކޮށްފައެވެ. ސުޝާންތުގެ ބައްޕަ ކޭކޭ ސިންގު ރިއާ އަށް ވަޓްސްއެޕުން ކުރި މެސެޖްތަކެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފައެވެ.
އެގޮތުން އެތަނުން އެއް މެސެޖްގައި ސުޝާންތުގެ ބައްޕަ ވަނީ ސުޝާންތުގެ އެކުވެރިއެއްގެ ގޮތުގައި ހުރެގެން ރިއާ ސުޝާންތު ބަލައި ފަރުވާ ކުރި ނަމަވެސް ވާނުވާ އެނގުމުގެ ހައްގު ބައްޕަޔަށް އޮންނާނެ ކަމަށް ބުނެފައެވެ.
ސުޝާންތުގެ ބައްޕަ ކޭކޭ ސިންގު ވަނީ ސުޝާންތުގެ މަރުގެ މައްސަލަ އަމިއްލައަށް މަރުވި މައްސަލައެއްގެ ގޮތުގައި ތަހްގީގު ކުރުމުގެ ބަދަލުގައި ގަސްތުގައި މަރާލި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކޮށްދިނުމަށް އެދިފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން