ލުބުނާންގެ ސަރުކާރު އެއްކޮށް އިސްތިއުފާދީފިއެވެ.
ލުބުނާނުގެ ސަރުކާރުން އިސްތިއުފާ ދީފައިމިވަނީ ވެރިރަށް ބޭރޫތުގެ ފޯޓު ސަރަހައްދުގައި ހިނގި ގޮވުމުގެ ހާދިސާއަށް ހަފުތާއެއް ނުވަނީހެވެ. އެ ހާދިސާގައި 160 މީހުން ވަނީ މަރުވެފައެވެ.
ލުބުނާނުގެ ބޮޑުވަޒީރު ހަސަން ދިއާބް ވަނީ މަގާމުން އިސްތިއުފާދެއްވާފައިވާކަން އިއުލާން ކުރައްވައިފައެވެ. އަދި ސަރުކާރު ވެސް އެއްކޮށް އިސްތިއުފާ ދެއްވާފައިވާ ކަމަށް ބޮޑުވަޒީރު ވަނީ އިއުލާންކުރައްވައިފައެވެ.
ގޮވުމުގެ ހާދިސާ ހިނގުމާއެކު އެ ހާދިސާ ހިނގަން މެދުވެރިވެފައިވަނީ ސަރުކާރުގެ އިހުމާލުން ކަމަށް ބުނެ މީގެ ކުރިން ވަނީ ކެބިނެޓް ތިން ވަޒީރުންގެ އިތުރުން މަޖިލީހުގެ ހަތް މެންބަރުން އިސްތިއުފާދެއްވައިފައެވެ.
ލުބުނާނުގައި ހިނގައިދިޔަ ގޮވުމުގެ ހާދިސާއާއެކު އެގައުމުގެ އެތެރޭގެ ހާލަތު ގޯސްވެފައިވާ އިރު، ގިނަ އަދަދެއްގެ ރައްޔަތުން ދަނީ ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ބުނެ މުޒާހަރާކުރަމުންނެވެ.
ލުބުނާނަށް އެކި ގޮތްގޮތުން އެހީތެރިވުމަށް ބޭރުގެ ގައުމުތަކުންވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ކާބޯތަކެތީގެ އެހީގެ އިތުރުން ސިއްހީ އެހީވެސް ގައުމުތަކުން އަންނަނީ ފޯރުކޮށްދެމުންނެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު