މައްޗަންގޮޅި އަސަހަރާގެ ހުޅަނގު ދެކުނު ބަޔާއި ދެކުނު ފަރާތު މެދުބައިގައި ހުރި މަހާނަގާ ޖަހާފައި ހުރި މީހުން އެ ގާތައް ނެގުމަށްފަހު އެތަކެތި ގެންދިއުމަށް މާލެ ސިޓީ ކައުންސިލުން އެދެފި އެވެ.
މާލެ ސިޓީކައުންސިލުން ގެޒެޓުގައި އާންމު ކުރި އިއުލާނެއްގައި ވަނީ އަންނަ ސެޕްޓެމްބަރު މަހު އަސަހަރާގެ ހުޅަނގު ދެކުނު ބަޔާއި ދެކުނު ފަރާތު މެދުބަޔަށް ވެލިއެޅުމުގެ މަސައްކަތް ފެށުމަށް ހަމަޖައްސާފައިވާ ކަމަށް ބުނެފައެވެ. އަދި މި ކަމަށް އެ ސަރަހައްދުގައި މިހާރު ހުރި މަހާނަ ގާތައް ނަގަން ޖެހޭ ކަމަށް އެކައުންސިލުން ބުނެއެވެ.
އާސަހަރާގެ ހުޅަނގު ދެކުނު ބަޔާއި ދެކުނު ފަރާތު މެދުބައިގައި ހުރި މަހާނަ ގާތަކުގެ ތެރެއިން އަންނަ ސެޕްޓެމްބަރު މަހު 15ގެ ކުރިން ނުނަގާ ހުންނަ މަހާނަ ގާތައް ކައުންސިލުން ނަގައި، އެތަކެތި ނައްތައިލާނެ ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
މިގޮތުން މި ސަރަހައްދުގައ ހުރި މަހާނަގާތައް ނެގުމަށް ހަމަޖައްސާފައިވަނީ މާލެސިޓީ ކައުންސިލްގެ ސުޕަވައިޒަރާ ފޯނުން ގުޅައިގެން ސުޕަވައިޒަރު އަންގާ ގޮތުގެ މަތިން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. މާލެ ސިޓީ ކައުންސިލުން މިކަމަށް ކަނޑައަޅާފައި ހުންނަ ސުޕަވައިޒަރުގެ ނަންބަރަކީ 7994565އެވެ.
މާލެ
މާލެ
މާލެ
މާލެ