ކޯވިޑް 19 ވައިރަހުގެ ސަބަބުން ވޭތުވެދިޔަ ހަތަރު ވަރަކަށް މަސްދުވަހު ބޮލީވުޑްގެ މަސައްކަތްތައްވެސް ވަނީ ހުއްޓިފައެވެ. އެހެެންނަމަވެސް ޑައިރެކްޓަރުން މިހާރު އަންނަނީ ފިލްމުތަކުގެ މަސައްކަތްތައް އަލުން ފަށައި ޝޫޓިންތައް ކުރިއަށް ގެންދަމުންނެވެ.
ބޮލީވުޑްގެ މަޝްހޫރު ބަތަލް އާމިރު ހާން ދެން އެންމެ އަވަހަށް ފެނިގެންދާނެ ފިލްމު "ލާލް ސިންގު ޗައްޑާ" ގެ ޝޫޓިންތައްވެސް ކޯވިޑް 19ގެ ސަބަބުން މެދުކަނޑައިލުމަށް ފަހު އެނެއްކާ އަލުން ފެށުމަށް ވަނީ ތައްޔާރުވެފައެވެ.
ލާލް ސިންގު ޗައްޑާގެ ޝޫޓިންތައް ފެށުމަށް އެ ފިލްމުގެ ޓީމުން ވަނީ މިއަދު ޓާކީއަށް ފުރައިފައެވެ. ކުރިން ލާލް ސިންގު ޗައްޑާގެ ޝޫޓިންތައް ކުރިއަށް ގެންދިއުމަށް ނިންމާފައި އޮތީ ލަޅަކް ގައެވެ. އެހެންނަމަވެސް އިންޑިއާ އަދި ޗައިނާ ބޯޑަރު ކައިރީގައި ހިނގި ހަމަނުޖެހުންތަކެއްގެ ސަބަބުން ފިލްމުގެ ޓީމަށް ޖެހުނީ ލޮކޭޝަން ބަދަލު ކުރާށެވެ.
ލާލް ސިންގު ޗައްޑާގެ ލީޑްރޯލުން ކަރީނާ ކަޕޫރު ހާން އާއި ވިޖޭ ސެތުޕަތީ އަދި މޯނާ ސިންގު ފެނިގެންދާނެއެވެ. މީގެ ކުރިން އެ ފިލްމުގެ މަންޒަރުތައް ވަނީ އިންޑިއާގެ އެކި ސަރަހައްދުތަކުގައިވެސް ނަގައިފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން