މަސްވެރިކަން ކުރިއެރުވުމުގެ ގޮތުން ކަޅުބިލަމަހުގެ މަސްވެރިކަމުގައި ބާނާ މަސް ގަތުމުގެ ފުރުސަތު ހުޅުވާލައި އާ ކުންފުނިތަކުންވެސް މަސް ގަތުމުގެ ފުރުސަތު ސަރުކާރުން ހުޅުވައިލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މި މަޝްރޫއުގެ މަގުސަދަކީ ރާއްޖޭގެ މަސްވެރިން ބާނާ ހުރިހާ މަހެއް ގަނެވޭނެ މަގު ތަނަވަސްކޮށްދީ، ބާނާ ހުރިހާ މަހުން އަގު އެއްކުރި އުފެއްދުންތައް އުފައްދައި ރާއްޖޭގައި ބާނާ މަހުން އިތުރު ނަފާ ލިބިދޭނެ މަގު ތަނަވަސް ކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ކަޅުބިލަމަސް ގަތުމުގެ ހުއްދަ ދިނުމުގައި ބަލާނެ ހަމަތައް އަދި ހުއްދައަށް އެދި ޕްރޮޕޯސަލް ހުށަހަޅަން ޖެހޭ ގޮތުގެ އުސޫލު ސަރުކާރު ރަސްމީ ގަޑީގައި އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މި މަޝްރޫއަށް އެދި ހުށަހަޅާ ޕްރޮޕޯސަލް ބަލައިގަންނާނީ ރަސްމީ ގަޑީގައި ފިޝަރީޒް މިނިސްޓްރީގެ ކައުންޓަރުންނެވެ.