ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ބުނީ އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަގާމު ހުސްވެފައިވާތީ، އެ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ.
މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 16، 17 އަދި 18 ވަނަ ދުވަހު ހެނދުނު 9:30 އިން މެންދުރުފަހު 12:30 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ. ރައީސް އޮފީސް ވެބްސައިޓުން ޑައުންލޯޑް ފޯމް ކުރެވޭ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލާފައި މިވަނީ އެ ކޮމިޝަންގެ ނައިބު ރައީސް ކަމުގައި ހުންނެވި މުހައްމަދު ޒާހިދު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.
މީގެ ކުރިންވެސް ވަނީ އެޗްއާރުސީއެމް މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފައެވެ. އެފަހަރު ހުޅުވާލީ އެ ކޮމިޝަންގެ ރައީސް އައިމިނަތު އިނާސް އާއި މެމްބަރު މޫސާ އަލީ ކަލޭފާނާއި އައިޝަތު އަފްރީން މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވީ މަގާމުން ވަކިކުރަން މަޖިލީހުން ނިންމުމާ ގުޅިގެންނެވެ.
އެޗްއާރުސީއެމްގައި މިހާރު އިންނެވީ މެމްބަރު ނައިވީން އަބުދުﷲ އެކަންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު