ތ. ގުރައިދޫގައި ކުރިއަށްގެންދިޔަ ކުލަބު ބްލޫ އީގަލްސް ފުޓްސަލް ކަޕުގެ ޗެމްޕިއަންކަން އެ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ވިންސިއާ އިން ހޯދައިފިއެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހު ފެށި މި މުބާރާތުގެ ޗެމްޕިއަންކަން ވިންސިއާ އިން ހޯދީ ރޭ ކުޅުނު ފައިނަލުގައި އެވިލްއާ ވާދަކޮށް 5-2 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ވިންސިއާގެ ހަސަން މުނާޒް އެވެ.
މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ އެގްޒިޓޯގެ ބައްސާމް އަލީ އާއި ވިންސިއާގެ ހަސަން މުނާޒާއި އެޓީމުގެ މުހައްމަދު އަރީފާއި ކޮފްގެ މުހައްމަދު ޝުއައިބްގެ އިތުރުން އެވިލްގެ އަހްމަދު އަރީފެވެ.
މުބާރާތުގެ ޗެމްޕިއަން ވިންސިއާއަށް 7000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާ އިރު، ރަނަރަޕް އެވިލްއަށް ވަނީ 3500 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.
މި މުބާރާތުގައި މިއަހަރު ދިހަ ޓީމު ބައިވެރިވެފައިވާ އިރު، މިދިޔަ އަހަރު ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދީ ވިންސިއާއެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް