ބޯޓަކުން ތެޔޮ ލީކުވާތީ މޮރިޝަސް ގައި އިމަޖެންސީ އިއުލާން ކޮށްފިއެވެ.
އިންޑިއާ ކަނޑުގެ ޖަޒީރާ ރަށްތައް އެކުލެވޭ މޮރިޝަންއިން ވަނީ އެސަރަހައްދުގެ ފަރަށް އަރާފައިވާ އެމް ވީ ވަކަޝިއޯ އިން ތެޔޮ ލީކުވާން ފެށުމާއެކު ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހު ފަރަށް އެރި މިބޯޓުގެ ހުރިހާ ފަޅުވެރިން ސަލާމަތް ކޮށްފައިވާއިރު ބޯޓަށް ލިބުނު ގެއްލުމުގެ ބޮޑުކަމުން ބޯޓުން ދަނީ ތެޔޮލީކުވަމުންނެވެ.
މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖަގްނައުތު ވަނީ ތެޔޮ ފޭބުން އިތުރުވެފައިވާތީ ތިމާވެށީގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިފައެވެ. އަދި އެގައުމުގައި އެވަރުގެ ކާރިސާއަކުން އަރައިގަނެވޭނެ ގާބިލުކަން ނެތްކަމަށް ބުނެ ބޮޑުވަޒީރުވަނީ ފްރާންސުގެ އެހީއަށް އެދިވަޑައިގެންފައެވެ.
ފްރާންސުން އަންނަނީ އެގައުމުގެ ހާއްސަ ޓީމެއްގެ އިތުރުން ބޯޓުގެ ވެރިފަރާތުގެ ޓީމަކާ ގުޅިގެން ބޯޓު ފުން ކޮށް ތެޔޮ ލީކުވުން ހުއްޓުވުމުގެ މަސައްކަތް ކުރަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ