ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަބީޝެކް ބަޗަން ނުރައްކާތެރި ކޯވިޑް 19 ވައިރަހަށް ނެގެޓިވް ވެއްޖެއެވެ.
އަބީޝެކް ކޯވިޑަށް ޕޮޒިޓިވް ވީ މިދިޔަ މަހުގައެވެ. އަބީޝެކާ އެކު އޭނާގެ ބައްޕަ އަމީތާބު ބަޗަން އަދި އަންހެނުން އައިޝްވާރިޔާ ރާއީ އަދި ދަރިފުޅު އަރާދުޔާ ބަޗަން ވެސް ޕޮޒިޓިވް ވިއެވެ.
އެ އާއިލާ ކޯވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެމީހުން ފަރުވާ ހޯދައިފައިވަނީ މުމްބާއީގެ ނަނަވަތީ ހޮސްޕިޓަލުންނެވެ. އެގޮތުން ހޮސްޕިޓަލުގައި ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް އައިޝްވާރިޔާ އަދި ދަރިފުޅު އަރާދުޔާ ވަނީ މީގެ ހަފުތާއެއް ކުރިން ބައްޔަށް ނެގެޓިވް ވެފައެވެ. އަބީޝެކް ކޯވިޑަށް ނެގެޓިވްވެފައިވާ ކަން ވަނީ އޭނާގެ ބައްޕަ އަމީތާބު އަދި އަބީޝެކް ވަނީ ޓުވީޓްކޮށް ކަށަވަރު ކޮށްދީފައެވެ. ބައްޔަށް ނެގެޓިވްވުމާ ގުޅިގެން އަބީޝެކް ވަނީ ގެއަށް ދޫކޮށްލައިފައެވެ.
ކޯވިޑަށް ނެގެޓިވްވެފައިވާ ކަން އިންސްޓަގްރާމުގައި ސަޕޯޓަރުންނާ ހިއްސާ ކުރަމުން އަބީޝެކް ބުނީ ފަރުވާ ހޯދުމަށްފަހު އެނބުރި ގެޔަށް ދެވޭތީ ވަރަށް އުފާވާ ކަމަށެވެ. އަބީޝެކް ވަނީ ނަނަވަތީ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ކުރި ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް