ސުޝާންތު ސިންގު ރާޖުޕުތު އަމިއްލައަށް މަރުވި ހިސާބުން ވަނީ އެކަމާ ގުޅިގެން އެތައް ބަޔަކު ބޮލުގައި ގިނަ ތުހުމަތުކެއްވެސް އަޅުވައި ޝައްކުތަކެއް ކޮށްފައެވެ. އެގޮތުން ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކަރަބޮޓީ ސުޝާންތުގެ ފައިސާ އާއި މުދާ ބޭނުން ކުރިކަމަށް އެތައް ބަޔަކު ބުނަމުން ދާއިރު، އެ މައްސަލަ ވަނީ ތަހުގީގު ކުރުމަށް ސީބީއައިއަށް ވެސް ހުށަހަޅައިފައެވެ.

ރިއާ މިއަދު ވަނީ އޭނާ އަތުގައި ހުރި ސުޝާންތުގެ ސާމާނުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ރިއާ ބުނެފައިވާ ގޮތުގައި އޭނާ އަތުގައި ސުޝާންތުގެ އެއްޗަކަށް އޮތީ ހަމައެކަނި ސުޝާންތުގެ ޑައިރީގެ ގަނޑަކާއި ފެންބޯ ފުޅިއެކެވެ.

ރިއާ އަތުގައި އޮތް ސުޝާންތުގެ ޑައިރީގެ އެ ގަނޑުގައި ސުޝާންތު ލިޔެފައި ހުރީ އޭނާގެ ދިރިއުޅުމުގައި ތިބި އެންމެ މުހިންމު މީހުންގެ ނަންތަކެވެ.

އިއްޔެ ވަނީ ސުޝާންތުގެ މަރުގެ މައްސަލައާ ގުޅިގެން ތަހްގީގު ކުރަމުން އަންނަ މަނީލޯންޑަރިންގެ މައްސަލައަކާއި ގުޅިގެން ބަޔާން ނެގުމަށް އެންފޯސްމެންޓް ޑިރެކްޓްރޭޓްގެ އޮފީހަށް ވެސް ރިއާ ހާޒިރުކޮށްފައެވެ.