ހދ. ނާވައިދޫ ހޯމް ކަރަންޓީންގައި ހުރި އުމުރުން ދުވަސްވީ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބުނީ ނާވައިދޫން ކޮވިޑަށް ޕޮޒިޓިވްވީ އުމުރުން 68 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާއަށް ބަލި ޖެހިފައިވާކަން އެނގުނީ ހޯމް ކަރަންޓީންގެ މުއްދަތު ނިމުމުން ކުރި ޓެސްޓުން ކަމަށް އެޗްއީއޯސީން ބުނެއެވެ.
ހދ. ނާވައިދޫ ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، ބ. ކުޑަރިކިލުގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު މިއަދު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ރ. ހުޅުދުއްފާރުގައި ހުރި މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
މީގެ އިތުރުން ހއ. އިހަވަންދޫއިން ދެ ބިދޭސީން އަދި ފިއްލަދޫން ދެ ބިދޭސީންނާއި ދިވެއްސަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ.
މި ފަހަކަށް އައިސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު