ތ. ގުރައިދޫގައި ކުރިއަށްދާ ކުލަބު ބްލޫ އީގަލްސް ފުޓްސަލް ކަޕުގައި ރޭ ކުޅުނު މެޗުތަކުން ވިންސިއާ އާއި އެގްޒިޓޯ އަދި ޓީއެލް މޮޅުވެއްޖެއެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހު ފެށި އެ މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ވިންސިއާ އާއި އަނދަރާމަތި އެވެ. އެ މެޗު ވިންސިއާ ކާމިޔާބުކުރީ 11-2ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މުހައްމަދު އަރީފެވެ.
ދެވަނަ މެޗުގައި ބައްދަލުކުރީ އީ ފައިޓާސް އާއި އެގްޒިޓޯއެވެ. އެގްޒިޓޯ އެ މެޗު ކާމިޔާބުކުރީ 3-2ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެގްޒިޓޯގެ އަލީ ބައްސާމެވެ.
ރޭ ކުޅުނު ތިންވަނަ މެޗުގައި ޓީއެލް އިން ވަނީ ލަޔަންސްގެ މައްޗަށް 10-2ގެ ބޮޑު ތަފާތަކުން ކުރި ހޯދައިފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޓީއެލްގެ އަހްމަދު އިރުޝާނެވެ.
ދެ ގުރޫޕަކަށް ބަހާލައިގެން ކުޅޭ އެ މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ. މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވިންސިއާއެވެ.
މިދިޔަ އަހަރު އެ މުބާރާތުގައި ހަތް ޓީމު ބައިވެރިވެފައިވާ އިރު، މިއަހަރު 10 ޓީމު ބައިވެރިވެފައިވެއެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތައް މިރޭ ނިމޭ އިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ އަށްވަނަ ދުވަހުއެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް