ތ. ގުރައިދޫ ކްލަބު ބުލޫ އީގަލްސް ފުޓްސަލް ކަޕްގައި ރޭގެ މެޗުތަކުން ކޮފް އަދި އެވިލް ކާމިޔާބު ކުރި އިރު ދޮޅަހަ އާއި ޓީއެލް ޓިމްބަވޫލްވްސް އެއްވަރު ވެއްޖެ އެވެ.
ރޭ މި މުބާރާތުގައި ތިން މެޗް ކުޅެފައިވާއިރު، ފުރަތަމަ މެޗްގައި ބައްދަލުކުރީ އީ ފައިޓާސް އާއީ ކޮފް އެވެ. މި މެޗް ކޮފް އިން ކާމިޔާބުކުރީ 5-3 ގެ ނަތީޖާ އަކުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އަހްމަދު ޔޫޝައު އެވެ.
ދެވަނަ މެޗުގައި ޓީއެލްގެ މައްޗަށް އެވިލް ކުރި ހޯދީ 3-1 ގެ ނަތީޖާ އަކުންނެވެ. މި މެޗްގައި އެވިލްގެ ތިން ލަނޑު ކާމިޔާބު ކޮށް އެވިލްގެ ޝިފާލް މުހައްމަދު ވަނީ ހެޓްރިކް ހަދައިފައެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ އޭނާއެވެ.
ރޭ ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ ދޮޅަހަ އާއި ޓީއެލް ޓިމްބާވޫލްވްސް އެވެ. މި މެޗް ނިމުނީ 2-2 އަކުން ދެޓީމު އެއްވަރު ވެގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ދޮޅަހައިގެ އަރީޝް އަބްދުލް ރައްޒާގެވެ.
ދެ ގްރޫޕަކަށް ބަހައިލައިގެން ކުޅޭ މި މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއް ލިބޭނެއެވެ. މިދިޔަ އަހަރު ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވިންސިއާއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު