ސްކޫލުތައް ހުޅުވެންދެން ހުރިހާ ގަޑިތަކެއްގައިވެސް މާލޭގައި މުދާ އުފުލޭނެ ކަަމަށް ޓްރާންސްޕޯޓު އޮތީރިޓީން ބުނެފިއެވެ.
މާލެ ސަރަހައްދުގެ ސުކޫލުތައް ކުރިއަށް އޮތް ދެ ހަފުތާއަށް ބަންދު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފައެވެ.
އެކަމާ ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީން މިވަނީ އަނެއްކާވެސް ކުރިން އޮތް ގޮތަށް ސުކޫލުތައް ހުޅުވެންދެން ހުރިހާ ގަޑިތަކެއްގައިވެސް، މުދާ އުފުލާ އުޅަނދުފަހަރު ބަރުކޮށްގެން މާލެ ތެރޭގައި މުދާ އުފުލުމުގެ ހުއްދަދީފައެވެ.
ކޮވިޑުގެ ސަބަބުން މީގެ ކުރިން ސުކޫލުތައް ބަންދު ކުރުމާ ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ހުރިހާ ވަގުތެއްގައި މުދާ އުފުލުމުގެ ހުއްދަދީފައެވެ.
ނަމަވެސް ނިއު ނޯމަލްގައި އަލުން ސްކޫލުތައް ހުޅުވުމާ ގުޅިގެން ޓްރާންސްޕޯޓުން މުދާ އުފުލޭނެ ވަކި ގަޑިތަކެއް ކަނޑައެޅިއެވެ.
ހުރިހާ ގަޑިތަކެއްގައި މުދާ އުފުލުމުގެ ހުއްދަދިން އިރު، ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ކާފިއު ވަނީ އިއުލާންކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު