މި ހަފުތާގެ ނިޔަލަށް އެކްސް-ޕެޓް އޮންލައިން ސިސްޓަމުން ދެމުން އަންނަ ހިދުމަތްތަކަށް އެދި ހުށަހެޅޭނީ ހެނދުނު 10:00 އިން 14:00 އަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއީ މި ހަފްތާގައި ސަރުކާރު އޮފީސްތައް ބަންދުކުރަން ނިންމުމާ ގުޅިގެން އެ މިނިސްޓްރީން ހަމަޖައްސައިފައިވާ އިންތިޒާމެއް ކަމަށެވެ.
އެގޮތުން އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް އެ މިނިސްޓްރީން ދެމުން އަންނަ ހިދުމަތްތަކަށް ހެނދުނު 10:00 އާއި މެންދުރު 14:00 އާއި ދެމެދު އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމު ހަމަޖައްސައިފައިވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މީގެ ކުރިން ސަރުކާރު އޮފީސްތައް ބަންދު ދުވަސްދުވަހު އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވައިލައިފައިވަނީ ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް