މިދިޔަ އަހަރު ނިޔާވި ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ ދަރިވަރު ހުސައިން ޒާން މަސްދޫގުގެ ހަނދާނުގައި އޭނާގެ އެކުވެރިން ބާއްވާ "ޒާން މެމޯރިއަލް ކަޕް"ގެ ޗެމްޕިއަންކަން އެފްސީ ރައިޑާސް ހޯދައިފިއެވެ.
އެފްސީ ރައިޑާސް ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު އެ މުބާރާތުގެ ފައިނަލުގައި ޓީއެފްޓީއާ ވާދަކޮށް 4-0 ގެ ނަތީޖާއަކުންނެވެ.
އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު އެފްސީ ރައިޑާސްގެ ސާޖިދު ހޯދި އިރު، މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ވައިކިންގްސްގެ ރަވާހްއެވެ. އެ މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ވަނީ ފައިސާގެ އިނާމެއް ދީފައެވެ.
އެކާވީސް ޓީމާއެކު މިދިޔަ މަހުގެ 31 ގައި ފެށި އެ މުބާރާތަކީ ޒާންގެ ހަނދާނުގައި ކޮންމެ އަހަރަކު ބާއްވަން ނިންމާފައިވާ މުބާރާތެކެވެ. އެ މުބާރާތް ބޭއްވުމުގައި ޒާންގެ އާއިލާގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށް އޭނާގެ ރައްޓެހިން ބުންޏެވެ.
އެ މުބާރާތް ބާއްވައިފައިވަނީ މިދިޔަ މަހުގެ 31 އިން އިއްޔެގެ ނިޔަލަށް ފްލެޓް ފުޓުސަލް ދަނޑުގައެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް