ތ. ގުރައިދޫ ކްލަބު ބުލޫ އީގަލްސް ފުޓްސަލް ކަޕްގައި ރޭ ކުޅުނު މެޗުތަކުން އެގްޒިޓޯ އާއި ވިންސިއާ އަދި ޓީއެލް ޓިމްބާވޫލްވްސް މޮޅުވެއްޖެއެވެ.

މިމަހުގެ 31 ވަނަ ދުވަހު ފެށި މި މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ އެގްޒިޓޯ އާއި އެފްސީ ދޮޅަހައެވެ. އެމެޗް އެގްޒިޓޯ އިން ކާމިޔާބު ކުރީ 7-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެގްޒިޓޯގެ ހައްމާދެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި ޓީއެލްގެ މައްޗަށް ވިންސިއާ ކުރި ހޯދީ 4-0 ގެ ނަތީޖާ އަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ވިންސިއާގެ އަރީފެވެ. 

މި މުބާރާތުގައި ރޭ ކުޅުނު ތިންވަނަ މެޗުގައި ބައްދަލުކުރީ ކޮފް އާއި ޓީއެލް ޓިމްބާވޫލްވްސްއެވެ. އެ މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ޓީއެލް ޓިމްބާވޫލްވްސްއެވެ. އެ މެޗުގައި މޮޅު ކުޅުމެއް ދައްކައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޓީއެލް ޓިމްބާވޫލްވްސްގެ މާއިންއެވެ.

މިއަހަރު 10 ޓީމު ބައިވެރިވެފައިވާ މި މުބާރާތުގައި މިރޭވެސް ތިން މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ ކުޅޭ ފުރަތަމަ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:15 ގައެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ މި މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ފައިސާގެ އިނާމެއް ލިބޭނެއެވެ. މިދިޔަ އަހަރު ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވިންސިއާއެވެ.