ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި ބޭއްވުމަށް ފަހު މިދިޔަ މަހުގެ 15 ވަނަ ދުވަހު ފަތުރުވެރިކަމަށް ރާއްޖެ އަލުން ހުޅުވައިލި ފަހުން، މިދިޔަ މަހުގެ ތެރޭގައި 1700 އަށް ވުރެ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ބޯޑަރު ހުޅުވައިލިފަހުން 15 ދުވަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރީ ޖުމްލަ 1،769 ޓޫރިސްޓުންނެވެ.
މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސި ވިލާތުންނެވެ. އެގޮތުން އެގައުމުން 258 ޓޫރިސްޓުން އައިސްފައި ވާއިރު، ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ އެމެރިކާއިންނެވެ. އެގައުމުން 189 ޓޫރިސްޓުން އައިސްފައި ވެއެވެ. ތިންވަނައިގައި ޔޫއޭއީ ހިމެނޭއިރު، ޔޫރަޕުގެ ހަތަރު ގައުމަކުން މިހާތަނަށް 370 އަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އައިސްފައެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި ރާއްޖެއަށް 850،000 ފަތުރުވެރިން ގެނައުމެވެ. ރާއްޖޭގައި 150 އަށް ވުރެ ގިނަ ރިސޯޓް އޮޕަރޭޓް ކުރެއެވެ. އެހެން ނަމަވެސް މިހާތަނަށް އަދި ހުޅުވައިފައި ވަނީ މަދު އަދަދެއްގެ ރިސޯޓުތަކެކެވެ.
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް