އައްޑޫ ސިޓީ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ 48 އަހަރުގެ އަންހެނަކު ރޭޕުކުރި، މައްސަލައިގައި ފުލުހުން ހައްޔަރު ކުރި ދެމީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
މި މައްސަލައާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރު ކޮށްފައިވަނީ 30 އަަހަރުގެ މީހަކާއި 19 އަހަރުގެ މީހެކެވެ. މި ދެމީހުންގެ ބަންދަށްވެސް ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖަހައިދީފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މިހާތަނަށް މި މައްސަލައިގައި އިތުރު ބަޔަކު ހިމެނޭކަމަށް ފުލުހުންގެ ތަހުގީގަށް ފާހަގަ ކުރެވިފައެއް ނުވެއެވެ. މި މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކޮށްފައިވެސް ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައިގައިވެސް ފުލުހުން އަމަލު ކުރަމުން އަންނަނީ މި ފަދަ އެހެން މައްސަލަތަކުގައިވެސް އަމަލު ކުރާ އުސޫލުގެ ތެރެއިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މިފަދަ މައްސަލަތަކުގެ ތަހުގީގުގައި ފުލުހުން އަމަލު ކުރާ އުސޫލުތަކާއި އެއްގޮތަށް ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެގޮތުން މި މައްސަލައިގައި ރޭޕްގެ ޝިކާރައަކަށްވީ އަންހެންމީހާ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ދައްކާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި ވިކްޓިމްގެ ސައިކޮލޮޖިކަލް އެސެސްމަންޓެއް ހެދުމަށް ފުވައްމުލަކަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު