މަހިބަދޫ ކައުންސިލުން އިންތިޒާމްކޮށްގެން 35 އަހަރުން މަތީގެ މީހުންނަށް ހާއްސަކޮށްގެން ބާއްވާ ދެވަނަ ވެޓެރަންސް ފުޓްބޯޅަ މުބާރާތުގެ އިއްޔެގެ މެޗް އެފްސީ ލެޖެންޑާއި ވާދަކޮށް ދަ ޖޯލިން ކާމިޔާބުކޮށްފިއެވެ.
ދަ ޖޯލިން މެޗް ކާމިޔާބުކުރީ 2-0 ގެ ނަތީޖާ އަކުންނެވެ. ދަ ޖޯލިން ކާމިޔާބުކުރި ފުރަތަމަ ލަނޑު ދެވަނަ ހާފުގެ ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިސްމާއިލް ފަހްމީ އެވެ. އޭގެ މާގިނަ އިރެއްނުވެ އެހާފުގެ 9 ވަނަ މިނެޓުގައި ދެވަނަ ލަނޑު ކާމިޔާބު ކޮށްދީ ލީޑު ފުޅާކޮށްދިނީ އަބަދުއްﷲ ޒައީމް އެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ދަ ޖޯލިގެ އަލީ އަޚްތަރު އެވެ.
ދަ ޖޯލި އެންމެ ފަހުން ކުޅުނު މެޗް ނިމުނީ 3-3 އިން އެއްވަރު ވެގެންނެވެ. ދަ ޖޯލިން މެޗް އެއްވަރު ކުރީ ފަހަތުން އަރައި ތިން ގޯލް ކާމިޔާބު ކޮށްގެންނެވެ.
މި މުބާރާތުގައި ބައިވެރިވެފައިވާ ހަތަރު ޓީމަކީ ދަ ޖޯލި، އެފްސީ އެލެޖްންޑް، ލަޔަންސް އަދި ވާނުވާ އެވެ. މިދިޔަ އަހަރު މި މުބާރާތުގެ ޗެމްޕިއަންޓީމަކީ ދަ ޖޯލި އެވެ. މިއަހަރުގެ މުބާރާތް އިއްޔެ ފަށައިފައިވާ އިރު ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:30 ގައެވެ.
މަހިބަދޫއަކީ ހުނަރުވެރި މޮޅުކުޅުންތެރިން ފުޓުބޯޅައިގެ ތެރެއަށް ނިކުތް ރަށެކެވެ. އޭގެ ތެރޭގައި ފީފާ ސެންޗްރީ ކްލަބުގައި ދާދިފަހުން ހިމެނުނު ގައުމީ ގޯލް ކީޕާ އިމްރާން މުހައްމަދު (އިންމަ) އަދި ގައުމީޓީމުގެ ކުރީގެ ފޯވާޑް އަހްމަދު ތޯރިގް އަދި އަސަދުއްﷲ ހިމެނެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު