ހދ. ކުޅުދުއްފުށި ކައިޓް ބޯޑިންގެ ފަރާތުން 24 ގަޑިއިރަށް ކައިޓް ބޯޑިން އިވެންޓެއް ކުރިއަށް ގެންގޮސްފިއެވެ.
މިއީ ކައިޓް ބޯޑިންގެ އިވެންޓެއް މެދުނުކެނޑި މިހާ ގިނައިރު ބޭއްވި ފުރަތަމަ ފަހަރެވެ.
އިއްޔެ ހަވީރު 4:00 އިން މިއަދު ހަވީރު 4:00 އަށް ކުރިއަށްގެންދިޔަ މި އިވެންޓުގައި 40 ކައިޓް ސާފަރުން ބައިވެރިވެފައިވާ ކަމަށް ކުޅުދުއްފުށި ކައިޓް ބޯޑިންގެ އިސްކޮށް ހަރަކާތްތެރިވާ ޒުވާނެއް ކަމަށްވާ އަބްދުއްﷲ ހުސައިން "ވަން" އަށް މައުލޫމާތުދެމުން ބުންޏެވެ.
ހުސައިން ބުނީ މި އިވެންޓަކީ އީދަށް ހާއްސަކޮށްގެން ކުޅުދުއްފުށީ ކައިޓް ސާފަރުންނަށް ބޭއްވި އިވެންޓެއް ކަމަށެވެ. އިއްޔެ ހަވީރުން ފެށިގެން މިއަދު ހަވީރަށް މެދުނުކެނޑި ކުރިއަށްގެންދިޔަ މި އިވެންޓަކީ މިހާތަނަށް ރާއްޖޭގައި އަލަށް ހަދާފައިވާ ރެކޯޑެކެވެ.
މި އިވެންޓް އިންތިޒާމު ކުރި ހދ. ކުޅުދުއްފުށި ކައިޓް ބޯޑިންގެ ފަރާތުން މި އިވެންޓަށް ދީފައިވާ ނަމަކީ "ހަތަރުދަން" ކައިޓް ބޯޑިން އިވެންޓެވެ. ރަށުގެ ގިނަ ރައްޔިތުންތަކެއް ބަލަން ދިޔަ މި އިވެންޓަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ހުސައިން ބުންޏެވެ. ރޭ މި އިވެންޓު ކުރިއަށް ދިޔައީ ކައިޓްތައް ލެޑް ލައިޓުން އެކި ކުލަކުލައިން ދިއްލައިގެންނެވެ.
ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީ