ރާއްޖެއަށް އުރީދޫ ތައާރަފުވިތާ 15 އަހަރު ފުރުމާއެކު މި މަހަށް އިތުރު ޑޭޓާ ލިބޭ ހާއްސަ އޮފާތަކެއް އުރީދޫއިން ތައާރަފުކޮށްފިއެވެ.
އުރީދޫއިން މިއަދު ތައާރަފު ކުރި އޮފާތަކުގެ ދަށުން އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް %50 އާ ހަމައަށް ބޯނަސް ޑޭޓާ އަދި މަންތުލީ ޑޭޓާ އެކްޓިވޭޓް ކުރާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް %20 އިތުރު ޑޭޓާ ލިބޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން މި މަހުގެ ތެރޭގައި އެކްޓިވޭޓްކުރާ އުރީދޫ ފަސޭހަ މައިފައި ޑިވައިސްތަކަށް ކުރާ ރީޗާޖްތަކަށް %15 ބޯނަސް ޑޭޓާ އަދި މީގެ އިތުރުން ސާކް ގައުމުތަކަށް ކުރާ އައިޑީޑީ ފޯން ކޯލްތަކުން %15 ޑިސްކައުންޓް ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުނެއެވެ.
އެގޮތުން އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުން، ޕޯސްޓްޕެއިޑް ކަސްޓަމަރުން އަދި މި މަހު އެކްޓިވޭޓް ކުރާ އުރީދޫ ފަސޭހަ މައިފައި ޑިވައިސްތަކަށް ބޭނުންވާ އިތުރު ޑޭޓާ http://ore.do/app މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ. އަދި ސާކް ގައުމުތަކަށް ކުރާކޯލްތަކުން %15 ޑިސްކައުންޓް ހޯޯދުމަށް ކަންޓްރީ ކޯޑްގެ ކުރިއަށް 011 ޖެހުމަށްފަހު ގުޅުމަށް އުރީދޫއިން މައުލޫމާތުދެއެވެ.
އުރީދޫއިން ބުނީ މި ހުރިހާ އޮފާތަކެއް އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެ ކަމަށާއި އިތުރު މައުލޫމާތު ހޯދުމަށް ބޭންވާނަމަ http://ore.do/15yrs އަށް ޒިޔާރަތް ކުރުމަށް އެދޭ ކަމަށެވެ.