މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް

ޓެލެކޮމް ދާއިރާއަށް އުރީދޫއިން ގެނަސްދީފައިވާ ކުރިައެރުމަކީ އިގްތިސާދީ ތަރައްގީއަށް އެޅުނު ބާރެއް: މަލީހު

ރާއްޖެއަށް ޓެލެކޮމްގެ ހިދުމަތްދޭ، އުރީދޫން ޓެލެކޮމް ދާއިރާއަށް ގެނެސްދީފައިވާ ކުރިއެރުމަކީ ރާއްޖޭގެ އިގްތިސާދީ ތަރައްގީއަށް އެޅުނު ބާރެއް ކަމަށް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، އުރީދޫން ރާއްޖޭގައި ހިދުމަތް ދެމުން އަންނަތާ 15 އަހަރު ފުރުމުގެ މުނާސަބަތުގައި މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ.

މިނިސްޓަރު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، "ރާއްޖެއަށް ހިދުމަތް ދެމުންދާތާ 15 އަހަރު ފުރުމުގެ މުނާސަބަތުގައި އުރީދޫ މޯލްޑީވްސްގެ މެނޭޖްމެންޓަށާއި މުވައްޒަފުންނަށް މަރުހަބާ ދަންނަވަން،" ކަމަށެވެ.

އުރީދޫގެ ހިދުމަތަށް 15 އަހަރު ފުރުނު މުނާސަބަތާ ގުޅިގެން ދެއްވި، ވީޑިއޯ މެސެއްޖެއްގައި އެ ކުންފުނީގެ އެމްޑީ އަދި ސީއީއޯ ނަޖީބު ހާން ވިދާޅުވެފައިވަނީ، އެ ކުންފުނީގެ ހިދުމަތް ހޯދަމުން އަންނަ ހުރިހާ ކަސްތަމަރުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ދުނިޔޭން ލިބެން ހުންނަ ޓެކްނޮލޮޖީގެ އެންމެ ފަހުގެ ހިދުމަތްތައް ކަސްޓަމަރުންނަށް ގެނެސްދޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް ނަޖީބު ހާން ވިދާޅުވިއެވެ.