ލެބް ޓެކްނީޝަނެއްގެ ގޮތުގައި އައިޖީއެމްއެޗްގައި މަސައްކަތްކުރާ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އައިޖީއެމްއެޗްގެ ލެބް ޓެކްނީޝަނަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ އޮފިޝަލަކު ވަނީ "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ.

އެޗްއީއޯސީން ބުނީ އައިޖީއެމްއެޗްގެ ލެބް ޓެކްނީޝަނެއް މިއަދު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މިމަހުގެ ކުރީކޮޅު އައިޖީއެމްއެޗުން ވަނީ ކޮވިޑަށް ޕޮޒިޓިވް 16 މީހަކު ފެނިފައެވެ. ޑޮކްޓަރަކާއި ނަރުހުން ހިމެނޭ ގޮތަށް ހަތް މުވައްޒަފުންނާއި ހަތް ބަލި މީހުންގެ އިތުރުން ދެ އެހީތެރިން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.