ގއ. ދާންދޫގައި މީހަކަށް ހަމަލާދީ މާރާމާރީ ހިންގައިފި އެވެ.

ފުލުހުން ވަނީ އެކަން "ވަން" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ. ފުލުހުން ބުނި ގޮތުގައި، މީހަކަށް އެއްޗަކުން ހަމަލާދީ ބުމަ ކައިރިން ފަޅައިލައިފައިވާ މައްސަލައެއް ރޭ ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި ނަމަވެސް މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ މާރާމާރީ ހިންގާފައިވަނީ ކުޑަކުއްޖަކާ ގުޅުންހުރި މައްސަލައެއްގަ އެވެ. އަދި އެ މައްސަލައިގައި ހަމަލާ ދީފައިވަނީ ތޫނު އެއްޗަކުން ނޫން ކަމަށާއި އަނިޔާވި މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލައިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.